ގަވާއިދާ ހިލާފަށް ވިޔަފާރި އަދި މަސައްކަތް ކުރަމުންދިޔަ ބިދޭސީން ހޯދުމަށް ފެށި އޮޕަރޭޝަނުގެ ތެރެއިން އިތުރު ހަތަރު ބިދޭސީން އަތުލައިގެންފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
އެ އިދާރާއިން ރޭ ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އިއްޔެ ހަވީރު މާލޭގެ ތިން ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އަދި އެތަންތަނުން ގަވާއިދާ ހިލާފަށް މަސައްކަތްކުރަމުން ދިޔަ ހަތަރު ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް ވިޔަފާރި ކުރަމުން އަންނަ ބިދޭސީން ހޯދުމުގެ އޮޕަރޭޝަން ފެށިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބަޔަކު އަތުލައިގެންފައިވެއެވެ.