އޯޓިޒަމް އަކީ އިންސާނާގެ ހެދިބޮޑުވުމުގައި ހުންނަ ނުކުޅެދުންތެރިކަމެކެވެ.

Ads by Asuru

ކަމާބެހޭ މާހިރުން ބުނާގޮތުގައި މިކަން ކުއްޖާގެ ކިބައިން ފާޅުވާންފަށާނީ ކުއްޖާގެ އުމުރުން ފުރަތަމަ ތިން އަހަރު ތެރޭގައެވެ.

އޯޓިޒަމް ތަހައްމަލު ކުރާ ކުދިންނަކީ އެކަކު އަނެކަކާއި ދެމެދު އޮންނަ ގުޅުމާއި އަދި އެކިއެކި އެއްޗެހި ބޭނުންކުރުމުގައި ތަފާތު ގޮތްތަކެއް ގެންގުޅޭ ކުދިބައެކެވެ.

އޯޓިޒަމް ހުރިކަން، ކުއްޖާގެ ޅަ އުމުރުގައި ދެނެގަނެވިއްޖެނަމަ، އުޅުމަށް ހެޔޮ ބަދަލުތަކެއް އަންނަ ވަަރަށް އެކުއްޖާއަށް ފަރުވާ ދެވެއެވެ. އެކި ކުދިންގެ ކިބައިގައި އޯޓިޒަމް ހުންނަނީވެސް އެކި ވަރަށެވެ. މި ލިޔުމުގައި މި ބަލައިލަނީ އޯޓިޒަމްގެ ބައެއް އަލާމާތްތަކަށް، ކުރު ގޮތަކަށެވެ.

މި އަލާމާތްތައް ފެނުނު ނަމަވެސް، ބައެއް ކުދިންގެ ކިބައިގައި އޯޓިޒަމް ނުހުރުމަކީވެސް ވެދާނެ ކަމެކެވެ. ކުއްޖާއަށް އަންނަ ބަދަލު އެންމެ ރަނގަޅަށް އެނގޭނީ ބެލެނިވެރިޔާއަށެވެ. އެހެންކަމުން، ތިރީގައި މި ބަޔާންކުރާ އަލާމާތްތަކުގެ ތެރެއިން ގިނަ ކަންކަން ފާހަގަވެ، ކަންބޮޑުވާނަމަ، ކަމާބެހޭ ފަރާތެއްގެ އެހީ ހޯދާށެވެ.

އުމުރުން ހަގު ކުދިންގެ ފަރާތުން ފެންނަ ބައެއް އަލާމާތްތައް:

ނަމުން ގޮވިޔަސް، ޖަވާބެއް ނުދިނުން ނުވަތަ އަޅާނުލުން

ހަތަރުކަޅި ހަމަ ނުކުރުން

އެކުއްޖާއާ ދިމާލަށް ހީލިޔަސް، ހީނުލުން

އަަބަދު އެއް ލަފްޒެއް ތަކުރާރު ކުރުން

ބައެއް ކަހަލަ އަޑު، ނުވަތަ ވަސް ޖެހުމުން ވަރަށް ބޮޑަށް އުނދަގޫވުން

އުމުރުގެ އެހެން ކުދިންނެކޭ އެއްފަދައިން ވާހަކަ ނުދެއްކުން

ފުންމުން، އަތްތެޅުުވުން ފަދަ ހަރަކާތްތައް ތަކުރާރުކޮށް ކުރުން

އުމުރުން ދޮށީ ކުދިންގެ ފަރާތުން ފެންނަ ބައެއް އަލާމާތްތައް:

އެހެން މީހުން ދައްކާ ވާހަކަ ނަގައިގަންނަން ނޭނގުން

ކުއްޖާގެ އަމިއްލަ އިހްސާސްތައް ބުނެދޭން ނޭންގުން

ކަމެއް ކުރަން ބުނުމުން ހާސްވުން

ރައްޓެހިން ހޯދަން ވަަރަށް ބޮޑަށް އުނދަގޫވުން

ވަކި ރޫޓިންއަކަށް ހޭނި، އެ ރޫޓިންއަށް ކުޑަވެސް ބަދަލެއް އައުމުން ރުޅި ގަދަވުން