ކީރިތި މާތް ނަބިއްޔާ މުހައްމަދު (ސ.އ.ވ)އަށް ފުރައްސާރަ ކުރި މައްސަލައިގައި އިންޑިއާގެ މުސްލިމުން ލޭ ހޫނުވެފައިވާއިރު، މުސްލިމުން ކަަމަށް ދައުވާ ކުރާ ”ތިން ޚާނުން“ މިކަމުގައި ހަނު ހުރުމުން، އެތައް ބައެއްގެ ނުރުހުން އަމާޒުވެއްޖެއެވެ.
އިންޑިއާގައި ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ އިސް ދެ އޮފިޝަލަކު ވަނީ ރަސޫލާ (ސ.އ.ވ)އަށާއި، ކީރިތި ޤުރުއާނަށް ހަޖޫ ޖަހާ، ފުރައްސާރަ ކޮށްފައެވެ.
މިކަމާ ގުޅިގެން، ބޮލީވުޑްގެ އެންމެ ނަން ހިނގާ ތިން ތަރިން ކަމަށްވާ ސަލްމާން ޚާނާއި، ޝާހްރުކްޚާން އާއި، އާމިރް ޚާން އެއްވެސް ބަހެއް ނުބުނެއެވެ.
ނަބިއްޔާ ދިފާއުކޮށް އެމީހުން އެއްޗެކޭ ނުބުނާކަން ފާހަގަކޮށް، އިންޑިއާގެ މުސްލިމުން ދަނީ އެ ތިން ތަރިންނަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.
އެގޮތުން ބޮލީވުޑްގެ ތަރި ނަސީރުއްދީން ޝާހުވެސް ވަނީ އެތިން މީހުންނަށް ފާޑު ކިޔާފައެވެ.
ރަސޫލާ(ސ.އ.ވ)އަށް ބީޖޭޕީގެ އިސް ދެ އޮފިޝަލުން ފުރައްސާރަ ކުރި މައްސަލައިގައި، އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީވެސް ވަނީ ހަނު ހުންނެވުން އިހްތިޔާރު ކުރައްވައިފައެވެ.
ޢެމީހުން އެއްޗެއް ބުނެފި ނަމަ އެމީހުން ދިރިއުޅުން ދަތިކޮށް މަރާލަންވެސް ފަހަށް ނުދާނެ. ބީޖޭޕީ ސިފަކުރާ ގޮތުގަ ޝާހް އަކީ އިންޑިއާގަ އުޅޭ ޕާކިސްތާނުގެ އޭޖެންޓެއް ، އާމިރު ހަމައެކަނި ބުނެލި އެންމެ ބަހަކުން ( މުސްލިމުންނަށް މިނިވަން ކަމެއް ނެތް ކަމަށް ބުނުމުން)
އޭނާގެ ދިރިއުޅުން ދަތިކޮށް ފުރާނައަށް ނުރައްކާކޮށް ފިލްމްތައް ބޮއިކޮޓްކުރަން ގޮވާ އެންމެ ފަހުން ފުލުހުންްގެ ހިމާޔަތަށް އެދެން ޖެހުނު.ސަލްމާނު ބުނާގޮތުގަ އޭނާ އަކީ ހިންދޫ މުސްލިމެއް. މަންމަ ހިންދޫ ބައްޕަ މުސްލިމް އޭނާއަކަށް ވަކިކޮޅަކަށް އެއްޗެއް ނުބުނެވޭ. ޢެމީހެއްގެ ސަލާމް ހޯދާނީ އެމީހެކޭ ބުނޭނެ.