ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމަކީ އެއްވެސް ކަމެއް ކުރެއްވޭ ބޭފުޅެއް ނޫންކަން ދިވެހި ރައްޔިތުންނަށް އެނގޭ ކަމަށް ޕީއެންސީގެ ނައިބު ރައީސް، އަދި ހުޅުމާލޭގެ ކައުންސިލަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

Ads by Asuru

މިހެން ވިދާޅުވެ ޝުޖާއު މިނިސްޓަރު އަސްލަމަށް ފާޑުވިދާޅުވެފައިވަނީ، ވިނަރެސް މަޝްރޫއުގެ ދަށުން އެޅި ފްލެޓްތަކަކީ މި ސަރުކާރުގެ މަސައްކަތެއް ކަމަށް އަސްލަމް ވިދާޅުވުމާ ގުޅިގެންނެވެ.

ވިނަރެސް އަކީ ރައީސް ޔާމީންގެ ވެރިކަމުގައި ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލުކޮށްގެން އިމާރާތްކުރަން ފެށި ފްލެޓްތަކެކެވެ.

ޝުޖާއު ވިދާޅުވީ ވިނަރެސް ފްލެޓްތަކަކީ ރައީސް ޔާމީންގެ ވެރިކަމުގައި އެޅި ތަންތަންކަން ދިވެހި ރައްޔިތުންނަށް ސާފު ކަމަަށެވެ.

އަދި ރައްޔިތުންނަށް އެނގޭ ތީކަމެއްވާ މީހެއް ނޫންކަން.ތީ ކަމެއްނުވާ ބޮޑު އަނގައެއް.

ވިނަރެސް މަޝްރޫއުގެ ދަށުން، ރައީސް ޔާމީންގެ ވެރިކަމުގައި އަޅަން ނިންމީ 1530 ހައުސިން ޔުނިޓެވެ. މި ސަރުކާރުން ވަނީ ފްލެޓްތަކުގެ އަދަދު 1340އަށް ބަދަލުކޮށްފައެވެ. އަދި ފްލެޓްގެ ކުލީގެ ގޮތުގައި ކުރީ ސަރުކާރުން ކަނޑައެޅި މިންވަރު ކަމުގައިވާ، 7000 ރުފިޔާވެސް ވަނީ ބޮޑުކޮށްފައެވެ.

ވިނަރެސްގެ ތިން ކޮޓަރީގެ 1،344 އެޕާޓްމަންޓްގެ ތެރެއިން ގާތްގަނޑަކަށް 1،000 ފްލެޓް ހުޅުވާލަނީ މާލޭގެ ރަށްވެހިންނަށެވެ. ދެން ހުރި ފްލެޓްތަކުން ގުޅިފަޅާއި ސީ ލައިފުން ފްލެޓް ގަތް މީހުންނަށާއި ހިޔާ ފްލެޓް ދޫކޮށްލި މީހުންނަށް ވެސް ވިނަރެސް އިން ފްލެޓް ދިނުމަށް ވަނީ ނިންމާފައެވެ. އަދި މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ މީހުންނަށް ހާއްސަކޮށް 100 ފްލެޓް ދޫކުރުމަށް ވަނީ ނިންމާފައެވެ.