އިސްލާމިކް ކްލޮތިން ނުވަތަ އިސްލާމްދީނުގައި އަންގަވައިފައިވާ ގޮތަށް ހެދުން އެޅުމަށް އިސްކަންދޭ އަންހެނުން މުޅި ދުނިޔޭގައި ވެސް އިތުރުވަމުން އަންނައިރު، ރާއްޖޭގައި ވެސް އަބާޔާ އަދި ނިޤާބް މިވަނީ ވަރަށް ބޮޑަށް މަޝްހޫރުވާން ފަށައިފައެވެ.

އިސްލާމީވަންތަ ހެދުމަށް ޚާއްސަ ”އަލްޤަމަރް“އިން ޚިދުމަތް ދޭން ފެށީ 2012 ވަނަ އަހަރުގައެވެ. މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19ގެ ޕެންޑެމިކަށް ފަހުގައި އިސްލާމީ ހެދުމަށް، އަދި ވަކިން ޚާއްސަކޮށް ނިޤާބު އަދި ބޮޑު ބުރުގާއަށް އޮންނަ ޑިމާންޑް ވަރަށް ބޮޑަށް އިތުރުވަމުން އަންނައިރު، އަބާޔާ އަދި ނިޤާބު އޯޑަރަށް ފަހައިދިނުމުގެ މަސައްކަތް ކުރަމުން، މިކަން އިތުރު މީހުންނަށް ދަސްކޮށްދިނުމަށް އަލްޤަމަރުން އިސްކަންދެއެވެ.

އަބާޔާ އަކީ އާންމުކޮށް އަގުބޮޑުކޮށް ވިއްކާ ހެދުމަކަށްވާއިރު، މިފަދަ ހެދުން ފަހަން ދަސްކުރުމަކީ ޚަރަދު ސަލާމަތްވާނެ ކަމެއްކަން ޔަޤީނެވެ.

އެހެންކަމުން، އަބާޔާ ފަހަން ދަސް ކުރަން ބޭނުންވާ ފަރާާތްތަކަށް މިއޮތީ ވަރަށް ވެސް ރަނގަޅު ފުރުސަތެކެވެ.

”އަލްޤަމަރު“ އިން އަނެއްކާވެސް އަބާޔާ އަދި ނިޤާބު ފަހަން ދަސްކޮށްދޭނެ ކޯޯސްތަކެއް އެބަ ފަށައެވެ. މި ކޯސްތައް ފަށާނީ އަންނަ ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހުއެވެ.

މި ކޯހުގެ ލެވެލް އެކެއް އަދި ދޭއް ވެސް ހިމެނޭއިރު، އެއްވަނަ ލެވެލް ޚާއްސައީ އަލަށް ފަހަން ފަށައިގަނެގެން އުޅޭ ފަރާާތްތަކަށެވެ. މާ ބޮޑަށް ފަހަން ނޭނގޭކަމުގައި ވިޔަސް، މި ކޯހުގައި ބައިވެރިވެ، ދަސްކުރުމުގެ ފުރުސަތު މިވަނީ ހުޅުވައިލެވިފައެވެ.

ރީތި ކުރާނެ ގޮތްތައް ވެސް ކިޔާލަދޭނެ، އިންޝާﷲ“ އަލްޤަމަރްއިން ބުންޏެވެ.

 

އަލްޤަމަރުގެ ނިޤާބު ހެދުމެއް

އަބާޔާ ކޯހުގެ ލެވެލް ޓޫގެ ބައިވެރިންނަށް  އަބާޔާ، ނިޤާބު އަދި ބުރުގާގެ ޑިޒައިންތައް ފަހަން ދަސްކޮށްދޭނެއެވެ. އަދި ރީތިކޮށް ކަރުފޮތިކޮޅު އަޅައި، ފަސްބައި މަޅަން ދަސްކޮށްދިނުމާއި، މިން ނަގައިގެން ފަހަން ވެސް ދަސްކޮށްދޭނެއެވެ.

މަސް ދުވަހަށް ކުރިއަށް ގެންދާ މި ކޯހުގެ ފީ އަކީ 2،500 ރުފިޔާއެވެ. ކޯސް ކުރިއަށް ދާނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހި(ފޭސް1) ގައެވެ.

އަލްޤަމަރްއިން ފެހުމުގެ ބޭސިކް އަދި އެޑްވާންސް ކޯޯސްތައް ވެސް ކުރިއަށް ގެންދެއެވެ. އަދި ތަފާތު ވައްތަރުގެ އަންނައުނު ފަހާ ކޯސްތައް ވެސް ކުރިއަށް ގެންދެއެވެ.

މި ކޯސްތަކާއި ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް 7976262 ނުވަތަ 7997398އަށް ގުޅައިލާށެވެ.