ވ.ރަކީދޫ ސްކޫލުގައި 15 އަހަރަށް ފަހުގައި ތަޢުލީމު އުނގަންނައިދޭން ފަށައިފިއެވެ.
އެ ރަށުގެ އާބާދީ މަދުވުމުގެ ސަބަބުން ސްކޫލް ބަންދުކޮށްފައި ހުންނަތާ 15 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވެއެވެ.
މި ސަރުކާރުގެ ތައުލީމީ ސިޔާސަތުގެ ތެރެއިން ސެޓެލައިޓް ސްކޫލް މޮޑެލްއަށް ހިންގުމަށް ކަނޑައަޅައި ރަކީދޫ ސްކޫލު މަރާމާތުކޮށް މުޅިން އާ ސްކޫލެއްގެ ގޮތުގައި ތަރައްޤީ ކުރިއެވެ.
ސްކޫލުން ތަޢުލީމު ހާސިލު ނުކުރެވޭތީ ބެލެނިވެރިން ފާޅުކުރި ކަންބޮޑުވުންތަކާއިއެކު، އެޑިއުކޭޝަން މިނިސްޓްރީއިން ވިދާޅުވެފައިވަނީ ހަތަރު އަހަރުން މަތީގެ އުމުރު ފުރައިގެ ކުދިން ތިބިނަމަ އަވަހަށް ފޯމް ހުށަހެޅުމަށާއި ސްކޫލްގައި ކިޔެވުން ފެށްޓުމަށް ތައްޔާރަށް ތިބި ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މިއަދު ސްކޫލްތަކުގެ ފުރަތަމަ ޓާމްގެ މިޑް ބްރޭކް ނިމި ކިޔެވުން ފެށިގެން ދިޔައިރު ރަކީދޫގައި ގާއިމްކޮށްފައިވާ ސްޓެލައިޓް ސްކޫލްގައި ވެސް ކިޔަވައިދިނުން ފެށިފައިވާ ކަމަށެވެ.
