ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ކޯރަމް ހަމަނުވުމުން ޖަލްސާ ބޭއްވޭ ގޮތެއް ނުވިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމަށް މަސައްކަތްކޮށް މެންބަރުން ހަމަނުވުމުން، ރިޔާސަތުގައި އިންނެވި ނައިބު ރައީސް އީވާ ވިދާޅުވީ، ކޯރަމް ބެލް ޖެހުމަށް ފަހުވެސް ޤާނޫނީ އަދަދު ހަމަނުވާތީ މިއަދުގެ ޖަލްސާ ނިންމާލެއްވީ ކަމަށެވެ.

މިއަދުގެ ޖަލްސާ ކުރިއަށް ގެންދެވެނީ މަދުވެގެން 22 މެންބަރުން މަޖިލިސް ތަޅުމުގައި ހާޒިރުވެ ތިބެގެންނެވެ.

މަޖިލީހުގައި ބޮޑު މެޖޯރިޓީއެއް އޮންނަ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ މެންބަރުން މި ފަހަކަށް އައިސް މަޖިލީހަށް ހާޒިރުވެވަޑައިނުގަންނަވާކަން ރިޔާސަތުން ފާހަގަކުރައްވައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އޮތީ މި އަހަރަށް ލަފާކުރާ ސަޕްލިމެންޓަރީ ބަޖެޓް ހުށަހެޅުމަށްވެސް އެޖެންޑާ ކޮށްފައެވެ.

މީގެ އިތުރުން ނުނިމި ހުރި ގިނަ މަސައްކަތްތަކެއް އެޖެންޑާ ކޮށްފައިވެއެވެ.