ބ.ފުޅަދޫ ކައުންސިލްގެ ރައީސް އަލީ އަޒުހަރު ޕީއެންސީއަށް ސޮއި ކުރުމާއިއެކު އެރަށު ގެނަބަޔަކު ޕީއެންސީއާއި ގުޅިއްޖެއެވެ.

ޕީއެންސީ އަކީ އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ނިސްބަތްވެވަޑައިގަންނަވާ ޕާޓީއެވެ.

ފުޅަދޫ ކައުންސިލުގެ ރައީސް އަޒުހަރު ވިދާޅުވީ، ޕީއެންސީއާ ގުޅުމަށް ފަހު ރަށަށް ދިއުމުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި، ވަރަށް ގިނަ މީހުން އެ ނިންމުމަށް މަރުހަބާ ކިޔާފައިވާ ކަމަށެވެ.

އަޒުހަރު އިތުރަށް ވިދާޅުވީ، ޕީއެންސީއާ އެކު ދާއިރާއާއި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ކުރިއަށް އޮތް ފަސް އަހަރުގައި ވެރިކަން ކުރާ މައި ޕާޓީއަކަށް ވެގެންދާނީ ޕީއެންސީއެވެ. އެ ޕާޓީގެ މެމްބަރުންގެ އަދަދު އިތުރު ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.