ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައިި ހަރަކާތްތެރިވާ  ޖަމުއިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) ފަދަ މާތް މަތިވެރި މަގުސަދެއްގައި ކުރިޔަށްދާ ޖަމްއިއްޔާއަކާމެދު އެކިއެކި ތުހުމަތުކޮށް މުޖުތަމައުގައި ނަފުރަތު އުފެއްދުން ބަލައެއްނުގަނެވޭ ކަމަށް ޝެއިޚް ޝަފީޢު ވިދާޅުވެއްޖެއެވެ.

Ads by Asuru

އައިއޭސީއިން މަކަރާއި ހީލަތް ހަދާކަމަށް ބުނެ އެކްސްގައި ސީރިއަސް ތުހުމަތުތަކެއް ކުރަމުންދަނީ “ހަސަން ކުރުސީ“ ގެ ނަމުގައި ހަދާފައިވާ އެކައުންޓަކުންނެވެ.

ޝެއިޚް ޝަފީއު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައިއޭސީގެ އެންމެ އިސްކޮށް އުޅުއްވާ ބައެއް ބޭފުޅުންނަކީ އޭނާ ވެސް ދަންނަ ޚުލްގު ހެޔޮ ރަނގަޅު ބޭފުޅުންތަކެއް ކަމަށެވެ.

“އެ އަޚުންގެ ފަރާތުން އަޅުގަނޑަށް ފެނިފައިވަނީ ތެދުވެރިކަމާއި އަމާނާތްތެރިކަމެވެ.“

އެހެންކަމުން އައިއޭސީ ފަދަ މާތް މަތިވެރި މަގުސަދެއްގައި ކުރިޔަށްދާ ޖަމްއިއްޔާއަކާމެދު އެކިއެކި ތުހުމަތުކޮށް އެ އަޚުންގެ އަބުރު ކަތިލައި އެ އަޚުންނާމެދު މުޖުތަމައުގައި ނަފުރަތު އުފައްދުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނޭ ކަމެއް ނޫން ކަމަށް ޝައިޚް ވިދާޅުވިއެވެ.