މާރީމާރީ ހިންގިކަމުގެ ތުހުމަތުގައި ރޭ ހައްޔަރުކުރި ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހުމަދު އަޝްރަފް (ޝުމްބާ ގޮންގް) ދޫކޮށްލައިފިއެވެ.

Ads by Asuru

ފުލުހުން ބުނީ ޝުމްބާ ދޫކޮށްލީ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކެއް ކުރުމަށްފަހު ކަމަށެވެ.

ކޯޓުން އޭނާއަށް ކުރީ ކޮން ޝަރުތުތަކެއް ކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ.

އެނގިފައިވާ ގޮތުގައި ޝުމްބާ މާރާމާރީގެ ތުހުމަތުގައި ހައްޔަރުކުރީ ކުޑަ އަންހެން ކުދިންތަކެއްގެ ކޮޓަރީގައި ސިއްރުން ކެމެރާ ހަރުކޮށް ވީޑިއޯ ރެކޯޑްކުރާ ކަމަށް ތުހުމަތުކޮށް ސިފައިންގެ މީހެއްގެ ފޮޓޯ ސޯޝަލް މީޑިއާގައި އާންމުކޮށް، އެ މީހާ ހިފަހައްޓައި ގައިގައި ދެލި އުނގުޅައި އަނިޔާކުރި ކަމަށް ބުނާ މައްސަލައިގައެވެ.

ނަމަވެސް މިކަމާ ބެހޭ ގޮތުން ފުލުހުން ވަކި އެއްޗެއް ނުބުނެއެވެ.