މާލޭގެ ގެއެއްގައި ކުޑަކުއްޖަކަށް އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ އިންޑިއާގެ މެއިޑަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މާލޭގެ ގެއެއްގައި މަސައްކަތް ކުރާ 22 އަހަރުގެ އިންޑިއާ އަންހެނަކު ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލަ މިދިޔަ އަންގާރަ ދުވަހު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
”މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 22 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައިވޭ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހު ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައި،“ ފުލުހުން ބުންޏެވެ.
މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެއެވެ.
