އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ހޮނިހިރު ދުވަހު ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
މިކަން ހާމަކޮށް ޕީޕީއެމް/ޕީއެންސީ އިން ބުނީ އިންތިޚާބީ ރައީސް ޑރ.މުޢިއްޒު ހުޅުމާލެ ފޭސް 1 ގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ވާ ހޮނިހިރު ދުވަހު ހަވީރު 16:00 ގައި ހުޅުމާލެ ސެންޓްރަލް ޕާކުގައި ކަމަށެވެ.
މީގެ ކުރިން ޑރ.މުޢިއްޒު ވަނީ ހުޅުމާލެ ދެވަނަ ފޭސްގެ ރައްޔިތުންނާއި ވެސް ބައްދަލުކުރައްވައިފައެވެ. މި ބައްދަލުކުރެއްވުމުގައި، ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު ވެވަޑައިގެންނެވި ވަޢުދުތައް ތަކުރާރު ކުރެއްވިއެވެ.
މުޢިއްޒު ހުވާ ކުރައްވާނީ، އަންނަ މަހުގެ 17 ވަނަ ދުވަހު ޖުމްހޫރީ މައިދާނުގައެވެ. މި ރަސްމިއްޔާތުގައި އާއްމުންނަށް ބައިވެރިވެވޭނެއެވެ.
