ނޭނގި އެއް ސިޔާސީ ޕާޓީން އަނެއް ސިޔާސީ ޕާޓީއަށް ބަދަލުކުރާކަމުގެ ޝަކުވާ ކެނޑިނޭޅި ލިބެމުންދާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އެ ކޮމިޝަނުން މިހެން ބުނީ ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައި މި ވަގުތު ހިމެނޭ އެންމެންގެ މަޢުލޫމާތު ހިމެނޭ ލިސްޓެއް އިއްޔެ ކޮމިޝަނުން ޢާންމުކުރުމާ ގުޅިގެންނެވެ.
އެގޮތުން އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައި ހިމެނޭ މީހުންގެ ލިސްޓް އަލުން އާންމުކުރީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގެ ސައްހަކަން ކަށަވަރު ކުރުމަށްޓަކައި ކަމަށެވެ.
މި ލިސްޓު ކޮމިޝަނުގެ ވެބްސައިޓް އިން ފެންނާނެއެވެ. އަދި ލިސްޓުގައި ނަން އޮތްތޯ ޗެކްކުރުމަށް PP ޖެހުމަށް ފަހު ހުސް ތަންކޮޅެއް ދޫކޮށްލާފައި އައިޑީކާޑު ނަމްބަރު ޖަހާފައި 1414 އަށް ފޮނުވާނީއެވެ.
އެގޮތުން ސިޔާސީ ޕާޓީއެއްގައި އެ މީހެއްގެ ނަން އޮތް ގޮތާއި މެދު ޝަކުވާ އެއް އޮތް ނަަމަ ޝަކުވާ ހުށަހެޅުމަށް ވެސް އީސީން ވަނި އެދިފައެވެ.
އެ ޝަކުވާ ބަލައިގަންނަން ހަމަޖެހިފައި ވަނީ އަންނަ މަހުގެރ 30 އާ ހަމައަށެވެ. މި މެއިލަށް info@elections.gov.mv ޝަކުވާ ފޯމު ފޮނުވޭނެ އެވެ.
