ބިސްމި ކިޔުމަށްފަހުގައި، ރާ ތަށި ބުއިމަކީ އެ ހުއްދަވާނެ ކަމެއްތޯ، ދީނީ އިލްމުވެރިޔާ އަލީ ޒައިދު ސުވާލު ކުރައްވައިފިއެވެ.
އިންޓަރނޭޝަނަލް ޔޯގާ ޑޭއާ ގުޅިގެން، އިއްޔެ ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތް ފެށީ، ފަތިސް ނަމާދުކޮށްގެން ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވަނީ ވިދާޅުވެފައެވެ. ބެލެވޭ ގޮތުގައި، ޒައިދު މިހެން ވިދާޅުވީ މަހުލޫފު ދެއްކެވި ވާހަކައަށް އިޝާރާތް ކުރައްވައެވެ.
Bismi kiyaafa Raa thateh buimaky raa thashi huhdha vaane kameh baa?!🤔
Mee kon kahala logic eh?!
— Ali Zaid (@alizaid1000) June 22, 2022
ޔޯގާގެ އަސްލަށް ބަލާއިރު، އެ ހަރަކާތަކީ ހިންދޫ ދީނުގެ އަޅުކަމަކާ ގުޅިފައިވާ ހަރަކާތެއްކަން އެނގޭ ކަމަށާއި، އެފަދަ ކަމެއްގައި މުސްލިމަކަށް ބައިވެރިނުވެވޭނެ ކަމަށް ރާއްޖޭގެ ދީނީ އިލްމުވެރިން ދަނީ ވިދާޅުވަމުންނެވެ.
އިއްޔެ ގަލޮޅު ދަނޑުގައި ޔޯގާ އިވެންޓް ބޭއްވުމަށް ބަޔަކު ވަނީ ހުރަސް އަޅާފައެވެ. އޭގެތެރެއިން ހަމީހަކު ހައްޔަރު ކޮށްފައިވާއިރު، ފުލުހުން ބުނީ އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށެވެ.
