އިސްރާއީލުން ފަލަސްޠީނުގެ ޣައްޒާގެ ޖަބަލިޔާ ރެފިއުޖީ ކޭމްޕްގެ އެންމެ އާބާދީ ބޮޑު އަވަށް ސުންނާފަތިކޮށްލައިފިއެވެ.

މީހުން ދިރިއުޅޭ 20 ޢިމާރާތް ހުރި މި އަވަށް ބިމާ ހަމަކޮށްލައިފައިވަނީ އެމެރިކާގެ ހަ ބޮން ވައްޓައިލައިގެންނެވެ. އޭގެެ ކޮންމެ ބޮމެއްގެ ބަރުދަނުގައި އެއް ޓަން ހުންނާނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ފަލަސްޠީނުގެ ދާޚިލީ ވުޒާރާއާއި ހަވާލާދީ އަލްޖަޒީރާއިން ބުނާ ގޮތުގައި، މި ހަމަލާގައި ޝަހީދުވި މީހުންނާއި، ޒަޚަމްވި މީހުންގެ އަދަދު އެއްކޮށް 400އަށް އަރާނެއެވެ.

ނަމަވެސް މި ބޮމުގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު ކަށަވަރު ނުވާއިރު، މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، އެތައް ބަޔަކު މި ހަމަލާގައި ޝަހީދުވެފައި ވުމަކީ އެކަށީގެންވާ ކަމެކެވެ.

މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ބޮން އަޅަމުން އަންނައިރު، މި ހަމަލާތަކުގައި މިހައިތަނަށް 8،500 ‏އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.

ައެތައް ބަޔަކު ޝަހީދު ކުރަމުންދާއިރު، ޣައްޒާގައި ދިރިތިބި މީހުން މިހާރު ވެސް އުޅެމުންދަނީ ވަރަށް ޙާލުގައެވެ. ފެނާއި ކަރަންޓާއި ކާބޯތަކެތި ލިބުން ދަތިވެފައިވާއިރު، އެހީ ފޯރުކޮށްދޭން ބޭނުންވާ ފަރާާތްތަކަށް ޣައްޒާ އަށް ވަނުމަށް އިޒްރޭލުން ދަނީ ހުރަސް އަޅަމުންނެވެ.

ީ