އާބަންކޯއިން ފަލަސްތީނުގެ ރައްޔިތުންނަށް އެހީ ވުމަށް ހުކުރު ދުވަހު ޚާއްސަ ފަންޑް ރައިސިންގް ހަރަކާތެއް ބާއްވަން ނިންމައިފިއެވެ.

މިކަން ހާމަކޮށް އާބަންކޯ އިން މިއަދު ބުނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް އެ ކުންފުނިން ބާއްވަން ހަމޖެހިފައިވާ ފަންޑް ރައިސިންގް އިވެންޓް ބާއްވާނީ މި މަހު ތިނެއް ވާ ހުކުރު ދުވަހު ކަމަށެވެ.

ހުކުރު ދުވަހު މި އިވެންޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ހަވީރު 6-4 އަދި ރޭގަނޑު 10-8 އެއްގައި ސެންޓްރަލް ޕާރކްގައެވެ.މި އިވެންޓްގައި ފުޑް ސްޓޯލް، ޖަމްބަލް ސޭލް އަދި ކުޑަކުދިންނަށް ހާއްސަ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދާނެއެވެ.

މި ހަރަކާތްތައް މެދުވެރިކޮށް ލިބޭ ހުރިހާ ފައިސާއެއް ހަދިޔާކުރާނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ކަމަށް އާބަންކޯ އިން ހާމަކުރެއެވެ.

އެކުންފުނިން ވަނީ ވީހާވެސް ގިނަ ބޭފުޅުން މި އިވެންޓްގައި ބައިވެރިވެ ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީތެރިވުމުގައި ބައިވެރިވުމަށް އެދިލައްވާފައެވެ.