އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް 61 މިލިއަން ރުފިޔާ ބަޖެޓްގައި ހިމަނައިފިއެވެ.
އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް 49.5 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހަށް ހުށަހަޅާފައިވާ އިރު، އޭގައި އިލެކްޝަން ކޮމިޝަން (އީސީ) އަށް އަންނަ އަހަރަށް ކަނޑައަޅާފައި ވަނީ ޖުމްލަ 1.15 ބިލިއަން ރުފިޔާއެވެ.
މީގެ ތެރެއިން 61 މިލިއަން މަޖިލިސް އިންތިހާބަށް ހާއްސަކޮށްފައިވާ އިރު، އަންހެނުންގެ ކޮމިޓީތަކުގެ ބައި އިލެކްޝަންތަކަށް 1.5 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.
އަންނަ އަހަރުގެ މަޖިލީސް އިންތިހާބަށް ޖުމްލަ 93 މެންބަރުން އިންތިހާބު ކުރާނެއެވެ. އެއީ އަލަށް އިތުރުވި ހަ ދާއިރާއާ އެކީގައެވެ.
އީސީން ބުނެފައި ވަނީ މަޖިލިސް އިންތިހާބު ބާއްވާ ތާރީހު މި މަހު އިއުލާން ކުރާނެ ކަމަށެވެ.
