ދެ ޑަބިޔާ ވަގަށް ނެގި މައްސަލައެއްގައި މީހަކު ހައްޔަރު ކޮށްފިއެވެ.
މި މައްސަލައިގައި ހިމެނޭ އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނާ ހައްޔަރު ކުރީ، ވައްކަން ކުރުމާއި ހުއްދަނެތި ގޯތިގެދޮރަށް ވަނުމުގެ ތުހުމަތުގައެވެ.
ގދ.ތިނަދޫއަށް ނިސްބަތްވާ އެމީހާގެ ބަންދާއިމެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހަށް އޭނާ ބަންދުކޮށްފައި ބަހައްޓަން އަމުރުކޮށްފައެވެ.
ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ފުލުހުން ހުށަހަޅާފައިވާ ކަމަށެވެ.
އެގޮތުން ކުށުގެ ވެށްޓަށް ދިޔަ ފުލުހުންގެ ހާދިސާ ރިޕޯޓާއި ސީސީޓީވީ ކެމެރާ ސްނެޕްޝޮޓް ހިމެނޭ ކަމަށެވެ. އަދި ވަގަށްނެގި ދެ ޑަބިޔާ އޭނާގެ އަތުން ފެނިފައިވާ ކަމަށް އަމުރުގައި ބުނެފައިވެއެވެ.
އޭނާއަކީ ކުށުގެ ރެކޯޑް އޮންނަ މީހެއްކަން ވެސް އަމުރުގައި ވަނީ ފާހަގަކޮށްފައެވެ.
