ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާގެ އާލާސްކަންފުޅު އަދިވެސް ރަނގަޅުނުވާތީ، އެކަމަނާ މިއަދު ވެސް ސަލާމް ވިދާޅުވެއްޖެއެވެ.

މި މިއީ އީވާގެ އާލާސްކަންފުޅުގެ ސަބަބުން ސަލާން ވިދާޅުވަމުން ގެންދަވާތީ، މަޖިލީހުގެ ޖަލްސާ ކެންސަލް ކުރި ހަތަރުވަނަ ދުވަހެވެ.

މި 4 ދުވަހުވެސް އެޖެންޑާ ކޮށްފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރުގެ ޤަރާރެވެ.

މަޖިލީހުގެ ޤަވާއިދު ބުނާގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރުގެ މައްސަލަ ކުރިއަށްދާއިރު ރިޔާސަތު ބަލަހައްޓަވަންޖެހެނީ މަޖިލީހުގެ ނައިބު ރައީސެވެ.

މި ހަމައިން ނިމިމިދާ ހަފްތާ އެކުގައިގެން ރައްޔިތުންގެ މަޖިލިސް ވަނީ މަރުތަޅު އެޅުވިފައެވެ. މި މައްސަލަ، ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ.