ހައި ކޯޓުގެ ފަނޑިޔާރު އަހްމަދު ޝަކީލް ރިޓަޔަކުރައްވަން ހުށަހަޅުއްވާފައިވާތީ އެކަން ބަލައިގަތުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި، ޝަކީލްގެ ރިޓަޔާމަންޓް ބަލައިގަތުމަށް ކޮމިޝަންގެ ބައްދަލުވުމުގައި އިއްޔެ ނިންމީ ހަނިގޮތަކަށެވެ.
އެގޮތުން ކޮމިޝަންގެ ހަތް މެންބަރުން ބައިވެރިވި މިބައްދަލުވުމުގައި ޝަކީލްގެ ހުށަހަޅުން ބަލައިގަތުމަށް ފާސްކުރީ ތިން މެންބަރުންގެ ވޯޓުންނެވެ.
ބާކީ ތިއްބެވި މެންބަރުން ވޯޓުގައި ބައިވެެރިވެވަޑައެއް ނުގަންނަވައެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމު ފުރުއްވުމަށްފަހު ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ޝަކީލް ކުރެއްވީ މިއަހަރުގެ މާޗް މަހުގެ 13 ވަނަ ދުވަހުއެވެ.
