ޔަހޫދީ އިޒްރޭލާއި ސިޔާސީ ގުޅުން ކަނޑައިލައިފައިވާ ބޮލީވިއާ ނަމޫނާއަކަށް ބެލުމަށް ޝެއިޚް އަލީ ޒައިދު ގޮވައިލައްވައިފިއެވެ.

ޒައިދު މިކަމަށް ގޮވައިލެއްވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ރާއްޖެ ފަދަ އިސްލާމީ ޤައުމަކަށް، އެފަދަ ނިންމުމެއް ނިންމަން ނުކެރޭކަން ފާހަގަކުރައްވައި، ޒައިދު ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ވިދާޅުވިއެވެ.

”ބޮލީވިއާ ނަމޫނާ އަކަށް ނެގުމަށް މިހާރު އޮތް އެމް.ޑީ.ޕީ ސާރުކާރަށް ގޮވާލަން! އިޒްރޭލާ ގުޅުންކަނޑާލުމުގައި އެމީހުންނަށް ވީވަރުވެސް އިސްލާމީ ދައުލަތްތަކަށް ނުވުމަކީ ލަދުވެތިކަންބޮޑު ޢަމަލެއް! ޗީޗީ“

ބޮލީވިއާ އަކީ މިފަހަރުގެ ހަނގުރާމައިގައި، އިޒްރޭލާއި ގުޅުން ކަނޑައިލި ފުރަތަމަ ޤައުމެވެ.

ޔަހޫދީން ފަލަސްޠީނުގެ ޣައްޒާއަށް މެދުކެނޑުމެއް ނެތި ދެމުން އަންނަ ހަމަލާތަކުގައި ގާތްގަނޑަކަށް 9،000 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.