ރާއްޖޭގައި އިންޑިއާ ސިފައިން ތިބިކަން ޔަޤީން ކަމަށާއި، ޔަޤީން ނުވަނީ ތިބި އަދަދު ކަމަށް ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުން އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅުގެ ކުރިން ނޫސްވެރިންނާއި ބައްދަލުކުރެއްވިއެވެ.
މި ބައްދަލުވުމުގައި ޢަބްދުއްރަޙީމް ވިދާޅުވީ، ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމަށް މި ސަރުކާރުން ވެސް އެއްބަސްވެފައިވާ ކަމަށެވެ.
ނަމަވެސް ސިފައިން ތިބި ސާފު އަދަދު އޮޅުންފިލާފައި ނުވާ ކަމަށް ވިދާޅުވިއެވެ.
”މިހައިތަނަށް އައި އިރުގަ ސާފު އަދަދެއް އަދި އޮޅުންފިލާފައެއް ނެތް. އެ މީހުން ތިބިކަން ޔަޤީންވޭ. އެ މަޢުލޫމާތު އަޅުގަނޑުމެންނަށް ލިބިފަ އެބަ ހުރި.“ އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވައިލުމަކީ އައު ސަރުކާރުން ކުރަން ޖެހޭ އެންމެ މުހިންމު މަސައްކަތް ކަމަށް އިދިކޮޅު ލީޑަރު، ރައީީސް ޔާމީން ޢަބްދުލްޤައްޔޫމް ވަނީ ވިދާޅުވެފައެވެ. އެ ސިފައިން ފޮނުވައިލުމަކީ އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ވަރަށް މުހިންމު ވަޢުދުފުޅެކެވެ.

އަދިވެސް ދޮގުހަދާ ތިބީޔާ ތިބިއަދަދުވެސް ސާފުވާންޖެހޭނެ ދެއްތޯ