މިއަދު ފާހަގަކުރަމުންދާ 35 ވަނަ ނަސްރުގެ ދުވަހާއި ގުޅިގެން މައުމޫން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 3 ނޮވެންބަރު 1988ގައި ހިނގައިދިޔަ ކަންތައްތަކާއި އެކަންކަން ހިންގުމަށް ދިވެހި ބާޣީންނާއި ބޭރުގެ ދުޝްމަނުން ރޭވި ރޭވުންތަކަށް ފުންކޮށް ވިސްނާއިރު އެއީ ރާއްޖޭގެ މުޅިތާރީޚުގައިވެސް ރާއްޖެއަށް ކުރިމަތިވި އެންމެ ބިރުވެރި ދުވަސްކަމުގައި ޤަބޫލު ކުރަންޖެހޭ ކަމަށެވެ.
”އެދުވަހު ދިވެހި ޤައުމަށް މާތް ﷲ ދެއްވި މަތިވެރިނަޞްރަށްޓަކާ ދިވެހި ރައްޔިތުން އެކަލާނގެއަށް އަބަދާއަބަދު ޙަމްދާއި ޝުކުރުކުރުންމަތީ ދެމިތިބެންޖެހޭ. الحمد لله على كل نعمائه وأفضاله وتوفيقه الكبير لشعبنا وقواتنا المسلحة فى ذلك اليوم الخطير!“ ރައީސް މައުމޫން ވިދާޅުވިއެވެ.
1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި 19 ދިވެހީން ޝަހީދުވިއެވެ. އޭގެތެރޭގައި ސިފައިންގެ އަށް ބޭކަލުން ހިމެނެއެވެ.