ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި، ފުލުހުންގެ މުއައްސަސާއަށް އާއްމުން މިހާރު އިތުބާރު ކުރާ ކަމަށް ޕޮލިސް ކޮމިޝަނަރު މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
އޭނާ މިގޮތަށް ވިދާޅުވީ މީސްމީޑިއާގައި ކުރައްވައިފައިވާ ޕޯސްޓެއްގައެވެ.
ސީޕީ ހަމީދު ވަނީ މި މަހުގެ 11 ގައި ފުލުހުންގެ ހިދުމަތުން ރިޓަޔާކުރައްވަން ނިންމަވައިފައެވެ.
ސީޕީގެ ޕޯސްޓުގައި ރާއްޖޭގައި މަދުކުރަން ކުރެވުނު މަސައްކަތްތަކުގެ ތެރެއިން މަގުމަތީގައި ހިނގާ ގްރޫޕް މާރާމާރީތައް މަދުކުރުމަށް ބޮޑެތި އާބާދީތަކަށް ހާއްސަކޮށް ޕްލޭންތައް އެކުލަވާލައިގެން ފާއިތުވި މުއްދަތުގެ ތެރޭގައި ގިނަ މަސަައްކަތްތަކެއް ވެސް ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.
އަދި ފުލުހުންގެ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން އޮޕަރޭޝަންތަކުގައި ފަހުގެ ޓެކްނޮލޮޖީތައް ބޭނުންކުރުން އިތުރުކޮށްފައިވާ ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.
ބޮޑީ ވޯން ކެމެރާ ފަދަ އާލާތްތައް ބޭނުންކުރުމާއި އައްޑޫގައި މިދިޔަ އަހަރު ހުޅުވި ޕޮލިސް ކޮލެޖާ އެކީ ލިބުނު ކުރިއެރުންތަކަކީ ވެސް ފުލުހުންގެ ދާއިރާގެ ކާމިޔާބީއެއް ކަމަށް އޭނާ ވަނީ ވިދާޅުވިއެވެ.
ސީޕީ މިހެން ވިދާޅުވިއިރު، ރައީސް ޞާލިޙުގެ ވެރިކަމުގައި އަނިޔާވެރި ކަމާއިއެކު މީހުން މަރައިލުމުގެ ގިނަ މައްސަލަތަކެއް ފެންމަތިވެގެން ދިޔައު ވެސް އެ މައްސަލަތައް ބެލިފައި ނުވާ ކަމަށް ގިނަ ބަޔަކު ބުނެއެވެ.
މި ވަގުތު އޮސްޓްރޭލިއާގައި ހުންނެވި ސީޕީ ހަމީދު ވިދާޅުވީ ކުރިއަށް އޮތް ތަުނުގައި ފުލުހުންގެ އިދާރާއަށް އާންމުންކުރާ އިތުބާރު ދެމެހެއްޓުމަށް އެ މަސައްކަތްތައްކޮށް، އިތުރަށް ރަނގަޅުކުރަންޖެހޭ ކަންކަން ކުރަންވާނެ ކަމަށެވެ. އަދި އެކަމަށް އާ ސަރުކާރާ އެކީ އެކަމަށް އުންމީދު ވެސް ކުރައްވާ ކަމަށް ވިދާޅުވި އެވެ.
ފުލުހުންގެ މުއައްސަސާއަށް އިތުބާރު އޮތްކަމަށް ބުނަންޖެހެނީ ސީޕީތަ؟ ނޫނީ ރައްޔިތުމީހާތަ؟ އިތުބާރު އޮތްކަމަށް ބެލެވޭނީ ކޮންފަރާތަކުން އެވާހަކަ ބުނީމާތަ؟
ދައްކާވާހަކަ މި 5 އަހަރަކީ ފުލުހުންގެ އިއްޒަތާ ކަރާމާތާ އަބުރު ނަގާލި ފަސްއަހަރު.