އައްޑޫ ސިޓީ މަރަދޫގެ ކުރީގެ ކައުންސިލަރަކު އިދިކޮޅު މައި ޕާޓީ، ޕީޕީއެމާއި ގުޅިވަޑައިގެންފިއެވެ.
އޭބާ އެ ޕާޓީ އަށް ސޮއިކުރެއްވީ ޕީޕީއެމް/ޕީއެންސީގެ އިސްވެރިންގެ ޓީމެއް އައްޑު އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން މިއަދު މެންދުރު ފަހު ހިތަދޫގައި ބޭއްވި ޖަލްސާގައެވެ.
ފައިސަލްގެ ފޯމާ ހަވާލުވެވަޑައިގެންނެވީ، ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަޙީމްއެވެ.
އައްޑޫ ސިޓީ ކައުންސިލްގެ ތިން ވަނަ ދައުރުގައި މަރަދޫ ކައުންސިލަރުކަން ކުރެއްވި ފައިސަލް މިހާތަނަށް ހުންނެވީ އެމްޑީޕީ މެމްބަރެއްގެ ގޮތުގައެވެ.

ޥަޒީފާގެ ދަހިވެތިކަމުގާ ތިޔަމީހާ ކޮންމެފަދަ ކަމެއްވެސް ކޮއްފާނެ