ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފިއެވެ.

މެޓުން މި އެލާޓް ނެރެފައިވަނީ ހއ.އަތޮޅުން ފެށިގެން ގއ.އަތޮޅަށެވެ.

އެ ސަރަހައްދުތަކަށް އެލާޓް ނެރެފައިވަނީ މިއަދު 16:00 އިން ފެށިގެން މިރޭ 22:00 އާ ހަމައަށެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގައި އިއްޔެއާއި މިއަދު ވެސް ވަނީ މާލޭގައި ފެންބޮޑުވެފައެވެ.

މެޓް އޮފީހުން ހާމަކުރި ގޮތުގައިި ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ގިނައިިން ވާރޭވެހިފައިވާ ކަމަށް ރެކޯޑު ކުރެވިފައިވަނީ ހުޅުލެއާއި މާލެއަށެވެ. ހުޅުލެއަށް 73.4 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު, މާލެއަށް ވަނީ 67.6 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.