ހދ.ކުޅުދުއްފުށިން ގެއްލުނު ޒުވާނާ އަދިވެސް ފެނިފައިނުވާކަން ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ބުނި ގޮތުގައި އެ ސިޓީގެ ލަންދޫގޭ އަބްދުﷲ އިބްރާހިމް، 39، ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރީ މިދިޔަ ހުކުރު ދުވަހު ކަމަށެވެ. އާއިލާއާ ހަވާލާދީ ފުލުހުން ބުނި އޭނާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނެވެ.

އަބްދުﷲ ހޯދުމުގެ މަސައްކަތް ކުރިއަށްދާ އިރު، އޭނައާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9791382 އަށް ގުޅައި ހިއްސާކުރަން ފުލުހުން އެދިފައިވެއެވެ.