ހައި ކޯޓަށް ފަނޑިޔާރަކު ހޯދަން އިއުލާންކޮށްފިއެވެ.

އެ ކޯޓުން ބުނީ އެ މަގާމަށް ޝައުގުވެރިވާ މީހުންނަށް މި މަހުގެ 12 އާ ހަމައަށް ކުރިމަތިލާން ހުޅުވާލާފައިވާ ކަމަށެވެ. ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާ މީހުންނަކީ އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވާ މީހަކަށް ވާން ޖެހޭނެއެވެ.
އަދި ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ އެ ދެ ކަމުގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާން ޖެހޭނެއެވެ.

ފަނޑިޔާރުގެ އަސާސީ މުސާރަ އަކީ 36،000 ރުފިޔާއެވެ. މީގެ އިތުރުން ލިވިން އެލަވަންސަށް މަހަކު 15000.00 ރުފިޔާ އާއި
ރިސްކް އެލަވަންސަށް މަހަކު 3300.00 ރުފިޔާގެ އިތުރުން މެޑިކަލް އިންޝުއަރެންސް އަދި ފޯނު އެލަވަންސް ލިބޭނެއެވެ.

ހައި ކޯޓަށް ފަނޑިޔާރަކު ހޯދަން އިއުލާންކޮޑްފައި ވަނީ ފަނޑިޔާރުގެ މަގާމުގައި ހުންނެވި ހުސައިން ޝަހީދު މިދިޔަ ހަފުތާގައި ކޯޓުގެ އިސް ފަނޑިޔާރަކަށް އައްޔަންކޮށްފައި ވަނިކޮށެވެ.