އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަކި ބޭފުޅަކަށް ދަޢުވަތު ފޮނުވާފައިނުވާ ކަމަށް އިންތިޚާބީ ރައީސްގެ އޮފީހުގެ ތަރުޖަމާން މުޙައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.
އިންތިޚާބީ ރައީސް މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ މި މަހުގެ 17 ވަނަ ދުވަހު ޖުމްހޫރީ މައިދާނުގައެވެ.
މި ރަސްމިއްޔާތުގެ ދައުވަތު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފޮނުވާފައި ވާކަމަށް އެ ޤައުމުގެ ނޫސްތަކާ ހަވާލާދީ ރާއްޖޭގެ ބައެއް ނޫސްތަކުން ވަނީ ރިޕޯޓު ކޮށްފައިވަނިކޮށް، ފިރުޒުލް ވިދާޅުވީ، ދިވެހިރާއްޖެއާ ހާރިޖީ ގުޅުން ގާއިމް ކޮށްފައިވާ ވަރަށް ގިނަ ގައުމުތަކަކަށް އަދި މަލްޓިލޭޓަރަލް އޯގަނައިޒޭޝަންތަކަށް ދަޢުވަތު ފޮނުވާފައިވާ ކަމަށެވެ.
”އަދި ދަޢުވަތު އަރުވަނީ ގައުމުތަކަށް އަދި ޖަމިއްޔާ ތަކަށް (ވަކި ބޭފުޅަކަށް ނޫން). އެގައުމެއް ނުވަތަ ޖަމިއްޔާއެއް ތަމްސީލު ކުރައްވަން ވަޑައިގަންނަވާނެ ޑެލގޭޝަން ކަނޑައަޅުއްވާނީ އެ ޤައުމަކުން ނުވަތަ ޖަމިއްޔާއަކުން“
މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ މަސައްކަތްތައް ކުރުމަށް 22.9 މިލިއަން ރުފިޔާ އަށް ސިވެކާ ހަވާލުކޮށްފައެވެ.
