އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު އަށް ތާއީދު ކުރައްވަން ނިންމެވި ސަބަބު ހާމަކުރައްވަވައި، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެމަނިކުފާނަށް ވަރަށް ބޮޑަށް ތަޢުރީފު ކުރައްވަވައިފިއެވެ.
ޓީވީއެމްއިން ގެނެސްދޭ ”ދިވެހީންގެރާއްޖެ“ ޕްރޮގްރާމްގައި ޑރ.ޝަހީމް ވިދާޅުވީ، ޑރ.މުޢިއްޒު ދެނެވަޑައިގަންނަވާތާ 17 އަހަރު ވެފައިވާކަމަށެވެ.
އެމަނިކުފާނަކީ ވަރަށް ޢިލްމީ ބޭފުޅެއް ކަމަށާއި، އެމަނިކުފާނު ކިޔަވާ ވިދާޅުވި ދާއިރާ އިން، ރާއްޖޭގައި ޕީ.އެޗް.ޑީ ހާސިލު ކުރައްވަވައިގެން ހުންނެވީ ވެސް އެމަނިކުފާނު އެކަނިކަން ޑރ.ޝަހީމްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. މުޢިއްޒު ޕީއެޗްޑީ ހާސިލު ކުރެއްވީ ސިވިލް އިންޖިނިއަރިންގ ގެ ދާއިރާ އިން، އިނގެރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ލީޑްސް އިންނެވެ.
މުޢިއްޒު އަކީ ވަރަށް މުރާލި، އަދި އެހައިމެ ހީވާގި ބޭފުޅެއް ކަމަށާއި، ކުރައްވާ ކޮންމެ ކަމެއްވެސް ވަރަށް ކަމޭހިއްތަވައިގެން ކުރައްވާ ކަމަށް ވެސް ޑރ.ޝަހީމްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
”އަޅުގަނޑުމެން ވެސް އެމަނިކުފާނަށް ތާއީދު ކުރީ، މި ދެންނެވި ކަންތައްތަކާއި ގުޅިގެން. އެއީ ދިވެހިރާއްޖޭގައި، ތަޢުލީމީ ބޭފުޅަކު، ހީވާގި ބޭފުޅަކު ހުންނެވުމަކީ އެއީ، ރާއްޖެއަށް އޭގެ ހެޔޮ ނަތީޖާ އަންނާނެ ކަމެއް ކަމަށް ޤަބޫލު ކުރެވޭތީވެ.“ ޑރ.ޝަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ.ޝަހީމް ވިދާޅުވީ، އިންތިޚާބީ ރައީސް މުޢިއްޒު އަކީ ޒަމާނީ ތަޢުލީމު ހާސިލުކުރައްވައިގެން ހުންނެވި ބޭފުޅަކަށްވާއިރު، އެމަނިކުފާނު މި ޤައުމު ނުބައި މިސްރާބަކަށް ނުގެންދަވާނެކަމަށް ޔަޤީން ކުރައްވާ ކަމަށެވެ.
ޑރ.ޝަހީމް މުޢިއްޒު އަށް ތައުރީފު ކުރެއްވިއިރު، ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި އެންމެ ފާހަގަކޮށްލެވޭ ޕްރޮޖެކްޓްތައް ކަމަށްވާ، ސިނަމާލޭ ބްރިޖާއި ހަތް ހާސް ފްލެޓާއި ހުޅުމާލޭ ދެވަނަ ފިޔަވަހި ހިއްކުމުގެ އިތުރުން 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް ކުރެއްވުމަކީ ވެސް ސީދާ މުޢިއްޒުގެ ބެއްލެވުމުގެ ދަށުން ކުރައްވާފައިވާ ކަންކަމެވެ.
ި

މީނައާއި ދުންޔާއަކީ ދުރުގައި ކުޅިބަލަން ތިބެފައި ވަޒީރުކަމަށް ކުއްލިއަކަށް މާބޮޑަށް މުއިއްޒު ވީ ކުޑަ ދެ ބާޒެވެ.