ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންގެ ދަފުތަރު ޑިޖިޓަލައިޒްކޮށް ޝާއިޢުކޮށްފިއެވެ.

މި ދަފްތަރަކީ ކުޑަކުދިންނަށް ޖިންސީީގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސްއިން ޝާއިޢުކުރަންޖެހޭ ލިސްޓެކެވެ.

ކުށްވެރިންގެ ލިސްޓު ޑިޖިޓައިޒްކޮށް ޝާއިއުކޮށްފައިވަނީ 5 ނޮވެމްބަރ 2023 ދުވަހު މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސްގައި އޮތް ހަފްލާއެއްގައި މިނިސްޓަރު އާއިޝަތު މުޙައްމަދު ދީދީއެވެ.

މި ލިސްޓު އަޕްޑޭޓްކުރުމުގެ މަސައްކަތުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަންނީ އެހީތެރިކަން، މިނިސްޓްރީއަށް ފޯރުކޮށްދީފައިވާ ކަމަށް ޕީޖީ އޮފީހުން މައުލޫމާތުދީފައިވެއެވެ.

އެގޮތުން، ކޯޓުން ހުކުމެއް ކުރުމާއެކު، އެހުކުމާބެހޭ މައުލޫމާތު އޮޓޮމެޓިކުން، ވަގުތުން ވަގުތަށް މިނިސްޓްރީއަށް ފޯރުކޮށްދެމުންދާ ކަމަށްވެސް ޕީޖީން ބުނެފައިވެއެވެ.