ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

މި މައްސަލައިގައި ފުލުހުން ހޯދަނީ ނ. ކެނދިކުޅުދޫ، ކެނދިކޮޅު، ޝާދީވިލާ، ޢުމުރުން 35 އަހަރުގެ ނޫޙް މުހައްމަދު ނައީމްއެވެ.

އެ އިޢުލާންގައި ވަނީ މުހައްމަދު ނައީމަކީ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަޙްޤީޤަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ މީހެއް ކަމަށެވެ.

ޖިނާއީ މައްސަލަތައް ތަޙްޤީޤުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަޙްޤީޤަށް ހާޒިރުވުމަށް ވަނީ އަންގައިފައެވެ.

އަދި އޭނާ ހާޒިރުވާން ޖެހޭ ގަޑިއަކީ މި މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 14:00 އަށް ނ. ލަންދޫ ޕޮލިސް ސްޓޭޝަނަށް ކަމަށް ފުލުހުންގެ އިޢުލާންގައިވެއެވެ.