ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައި ހުންނެވި ޝަރީފް މިއަދު ރިޓަޔާކުރައްވައިފިއެވެ.

ޝަރީފް މަގާމުން މިއަދު ރިޓަޔާ ކުރެއްވީ ކަސްޓަމްސް އަށް 28 އަހަރު ހިދުމަތް ކުރެއްވުމަށްފަހުއެވެ.

ކަސްޓަމްސް އިން ވަނީ ޝަރީފުގެ ސީޖީކަމުގެ ދަށުން ކަސްޓަމްސްއަށް ބޮޑު ކުރިއެރިމެއް ލިބިފައިވާ ކަމަށް ބުނެފައެވެ.

ޝަރީފް ކަސްޓަމްސްގެ ސީޖީގެ މަގާމަށް އައްޔަންކުރީ ޖޫން 2020ގަ އެވެ. އެއީ އޭރު އެ މަގާމުގައި ހުންނެވި އަހުމަދު ނުއުމާން އަވަހާރަވުމުންނެވެ. ޝަރީފް އޭރު ހުންނެވީ ޑެޕިއުޓީ ކޮމިޝަނަ ޖެނެރަލްގެ މަގާމުގައެވެ.

ޝަރީފްއަކީ ކަސްޓަމްސްގެ ތެރޭގައި އެކި މަގާމުތައް ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.