މާލޭގެ ގެއެއްގައި ތުއްތު ކުއްޖަކަށް ނެނީއެއް ނުވަތަ ކުއްޖާ ބަލާ މީހާ އަނިޔާ ކުރާ ވީޑިއޯ މީސްމީޑިއާގައި އާއްމުވެއްޖެއެވެ.

Ads by Asuru

އާއްމުވި ކަޅާއި ހުދުގެ ވީޑިއޯގައި ފެންނަނީ ޒުވާން އުމުރުގެ އަންހެނަކު، އޭނާގެ އުނގުމަތީގައި އޮތް ބާލީހުގައި ބާއްވައިފައިވާ ތުއްތު ކުއްޖާ ނިންދަވަން އުޅެ ނުނިދުމުން، އެ ކުއްޖާއަށް އަނިޔާ ކުރާ މަންޒަރެވެ.

އެތައް ފަހަރަކު، ތަކުރާރުކޮށް އެ އަންހެން ކުއްޖާގެ ގައިގައި، އޭނާ ޖަހާ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ.

އަދި ކުއްޖާ ތެދުވަން މަސައްކަތް ކުރުމުން އަނެއްކާވެސް ޖަހަން ފަށައެވެ. ވީޑިއޯއަށް ކޮމެންޓު ކުރި މީހުން އެ އަންހެންމީހާއާއިމެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހި ގިނަ ކޮމެންޓުތަކެއް ކޮށްފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކުއްޖާއަށް އަނިޔާކުރާ ވީޑިއޯ އާއްމުވީއިރު، ވީޑިއޯ އިން ފެންނަ މީހާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ވީޑިއޯ އިން ފެންނަނީ އުމުރުން 20 އަހަރުގެ އިންޑިއާ އަންހެނެއް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އޭނާގެ ބަންދަށް ވަނީ 15 ދުވަސް ވެސް ޖަހައިފައެވެ.