ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ދުބާއީ އަށް ފުރާވަޑައިގެންފިއެވެ.

ރައީސް ނަޝީދުގެ އޮފީހުން ބުނީ މިއީ ދުނިޔެއަށް އަންނަ ބަދަލުތަކާ އެކު އާންމުންގެ ދިރިއުޅުމަށް ދިމާވާ ދަތިތަކާ ގުޅޭ ގޮތުން ބާއްވާ ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރެއް ކަމަށެވެ.

މި ކޮންފަރެންސް ކުރިއަށް ދާނީ މާދަމާއިން ފެށިގެން މި މަހުގެ 10 ވަނަ ދުވަހާ ހަމައަށެވެ.

އެގޮތުން 17 ވަނަ ގްލޯބަލް ސިޓިޒަންޝިޕް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ފަހު ނަޝީދު އެނބުރި ވަޑައިގަންނަވާނީ މި މަހުގެ 11 ގައެވެ.

ނަޝީދު ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވަނީ ކީ ސްޕީކަރެއްގެ ގޮތުގައެވެ.

ކޮންފަރެންސްގައި އެކި ޤައުމުތަކުގެ ބޮޑުވަޒީރުންނާއި ނައިބުންގެ އިތުރުން އިސް އެހެން ބައެއް ބޭފުޅުން ވެސް ކީ ސްޕީކަރުންގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.