ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އަނެއްކާ ވެސް އައު ފޮތެއް ނެރުއްވައިފިއެވެ.

ރޭ ބޭއްވި ހަފުލާއެއްގައި ނެރުއްވީ އެމަނިކުފާނުގެ ”އިސްލާމީ ނަޒަރިއްޔާތު“އެވެ.

މި ފޮތަކީ އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރަލް އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ) ގެ ދަށުން ނެރުނު ފޮތެވެ. މި ފޮތް ނެރެދެއްވީ ”އެވިޑް ކޮލެޖުގެ ޗެއާމަން މުޙައްމަދު މުޝްތާގެވެ.

އިސްލާމީ ނަޒަރިއްޔާތު“ އަކީ އައިއޯސީސީން މި އަހަރު ނެރުނު ފަހު ފޮތެވެ.

ރޭގެ ހަފްލާގައި ޝަހީމް ވިދާޅުވީ އައު ފޮތުގައި އިސްލާމީ ނަޒަރިއްޔާތުން ވަރަށް ގިނަ ވާހަކަތައް ގެންނަވާފައި ހުންނާނެ ކަމަށެވެ. އަދި މިއީ މައުލޫމާތުގެ މުއްސަނދި ކިޔުންތެރިންނަށް ވަރަށް ބޭނުންތެރި ފޮތަކަށް ވާނެ ކަމަށާއި މި ފޮތުގައި ދައުލަތް ހިންގުމާއި ވެރިކަން ހިންގުމުގެ އިދާރީ ނިޒާމާއި ޓޫރިސްޓުންނަށް ރައްކާތެރިކަން ދިނުމާއި ގުޅޭ ގޮތުންނާއި، އިސްލާމްދީނުގައި އަންހެނުންގެ މަޤާމާއި ދީނީ ފަތުވާ ދިނުމުގެ ނިޒާމާއި އެ ނިޒާމު ހަރުދަނާ ކުރުން އަދި ޖިހާދު ކުރުމުގެ ފަލްސަފާ ފަދަ ބައިތައް ހިމެނޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.