މިއަދު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފިއެވެ.
މެޓް އޮފީހުން ބުނީީ އެކި ރަށްތަކަށް މިއަދު ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މެޓުން ބުނެފައިވާ ގޮތުގައި، އިރާއި އިރުު ދެކުނުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް ލަފާ ކުރެވެއެވެ.
އަދި ހުރިހާ ހިސާބެއްގެ ކަނޑުތައް އާދައިިގެ ވަރަކަށް މަޑުވާނެއެވެ.
