ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން ދެވަނަ ބުރަށް ވަޑައިނުގެންނެވުނު ހުރިހައި ކެންޑިޑޭޓުންގެ މާލީ ބަޔާން ހުށަހަޅުއްވާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން(އީސީ) އިން ބުނެފިއެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން ދެވަނަ ބުރަށް ވަޑައިނުގެންނެވުނު ކެންޑިޑޭޓުންގެ އިންތިޚާބާ ގުޅޭ މާލީ ކަންކަމާ ބެހޭ ގޮތުން ކޮށްފައިވާ ހުރިހާ މުއާމަލާތްތައް ރިޔާސީ އިންތިޚާބުގެ ގާނޫނުގައި ބުނެފައިވާ އެ ކެންޑިޑޭޓެއްގެ ރަސްމީ އިންތިހާބީ އޮޑިޓަރު، އޮޑިޓް ކުރުމަށްފަހު އެ އޮޑިޓް ރިޕޯޓު އެ އިންތިހާބު ބާއްވާ ތާރީހުންގެ ފެށިގެން ގިނަވެގެން 60 ތެރޭގައި އެ ކެންޑިޑޭޓެއްގެ ރަސްމީ އިންތިހާބީ އޭޖެންޓް މެދުވެރިކޮށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހެއެވެ.
އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން ދެވަނަ ބުރަށް ވަޑައިނުގެންނެވުނު ކެންޑިޑޭޓުން މާލީ ބަޔާން މިއަދުގެ ކުރިން ހުށަހަޅަންޖެހެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ މިއަދު ވިދާޅުވީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު ނަސީރު އާއި ހަަސަން ޒަމީލް އާއި އަހުމަދު ފާރިސް މައުމޫންގެ އިތުރުން ޖުމްހޫރީ ޕާޓީން ވާދަކުރެއްވި ޤާސިމް އިބްރާހިމް އާއި ދަ ޑިމޮކްރެޓްސް އިން ވާދަކުރެއްވި އިލްޔާސް ލަބީބު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ވާދަކުރެއްވި މުޙައްމަދު ނާޒިމް މާލީ ބަޔާން ހުށަހަޅުއްވާފައިވާ ކަމަށެވެ.
