ފަލަސްޠީނާއި ދެކޮޅަށް މިހާރު ލާއިންސާނީ ބޮޑެތި ޖަރީމާތައް ހިންގަމުންދާ އިޒްރޭލަށް ކޮކަ ކޯލާ ކުންފުނިން ސަޕޯޓްކުރާތީ އެ ބުއިން ދެން ދުވަހަކު ވެސް ބޭނުން ނުކުރާނެ ކަމަށް ސަލަފު ޖަމުޢިއްޔާގެ އަލީ ރަމީޒު ބުނެފިއެވެ.

ޢަލީ ރަމީޒު މީސް މީީސްމީޑިއާގައި ބުނީ ދެން ކޮކަ ކޯލާ ނުބޯނެ ކަމަށެވެ.

”[އެކަން] ނިމުނީ.“ އަލީ ރަމީޒު ބުންޏެވެ.

އިޒްރޭލުން މިދިޔަ މަހުގެ 7 އިން ފެށިގެން ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަސް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 10،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްފައިވެއެވެ. މީގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

އިޒްރޭލުގެ މި ޤަތުލުއާންމާއި ގުޅިގެން ގިނަ ބަޔަކު ޔަހޫދީންގެ އުފެއްދުންތައް ބޮއިކޮޓް ކުރަމުން އަންނައިރު، އޭގެ ތެރޭގައި ކޮކަ ކޯލާ އާއި މެކްޑޮނަލްޑްސް އާއި ނެސްލޭ ފަދަ ކުންފުނިތައް ހިމެނެއެވެ.

 

އިޒްރޭލަށް ތާއީދުކުރާތީ ތުރުކީން މި ހަފުތާގައި ވަނީ ކޮކަ ކޯލާ އާއި ނެސްލޭގެ އުފެއްދުންތައް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އިދާރާގައި ބޮއިކޮޓްކުރަން ނިންމައިފަ އެވެ.