ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން މި ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ކ. އަތޮޅާއި ދެމެދުގެ ސަރަހައްދަށެވެ. އެގޮތުން އެ ސަރަހައްދަށް އެލާޓް ނެރެފައިވަނީ މެންދުރު 01:00 އިން އިރުއޮށްސި 06:00 އާ ހަމައަށެވެ.

އެލާޓް ނެރުމަށްފަހު މޫސުމާ ބެހޭ އިދާރާއިން ބުނެފައިވަނީ ސަމާލު ނެރެފައިވާ ވަގުތުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް މިދުވަސްވަރު މޫސުން ގޯސްކޮށް އުޅޭތީ މެޓް އޮފީހުން މޫސުމާ ބެހޭ އެލާޓްތައް ނެރެއެވެ.