އިންތިޚާބީ ރައީީސް ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި، ފިޝަރީޒް މިނސްޓަރަކަށް،  ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް އައްޔަނު ކުރަން ނިންމަވައިފައިވާ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

ޝިޔާމަކީ މެނޭޖްމެންޓް ދާއިރާއިންނާއި، ޑިޕްލޮމެސީ ދާއިރާއިން ތަޢުލީމު ޙާސިލު ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އޭނާ ސިޔާސީ ދާއިރާއަށް ވެއްދެވީ، އިދިކޮޅު ލީޑަރު، އަދި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމެވެ.

އޭނާ މިހާރު ގެންދަވަނީ، މަޖިލީހުގައި ނައިފަރު ދާއިރާ ދެވަނަ ފަހަރަށް ތަމްސީލު ކުރައްވަމުންނެވެ.

ޝިޔާމް އަކީ ރައީީސް ޔާމީންގެ ވެރިކަން ބަދަލުވުމަށްފަހުގައި އިދިކޮޅު ޕީޕީއެމްގައި ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ވަރަށް ސާބިތުކަމާއިއެކު މަސައްކަތް ކުރެއްވި ބޭފުޅެކެވެ.