ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަޙުމަދު މުލީއާގެ ދޫކުރައްވާ ނުކުމެވަޑައިގެންފިއެވެ.

ނޮވެމްބަރު 17، 2018 ގައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ރައީސް ސޯލިހު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު މުލިއާގެއަށް ދިރިއުޅުން ބަދަލުކުރެއްވީ ނޮވެމްބަރު 30، 2018 ގައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ރައީސް ޞާލިޙުގެ ދެކަނބަލުން ދިރިއުޅުން މިހާރު ބަދަލުކުރައްވާފައި ވަނީ، ފަސްޓް ލޭޑީ ފަޒްނާގެ އާއިލީ ބޭފުޅުން ދިރުއުޅުއްވަމުން ގެންދަވާ މ. ސަނީ އަށެވެ.
ރައީސްގެ ދެކަނބަލުން މުލީއާގެ ދޫކުރެއްވި ނަމަވެސް، ހުވާކުރެއްވުމަށް ފަހު އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ދިރިއުޅުން މުލީއާގެއަށް ބަދަލުކުރައްވާނެކަން އަދިވހާމަކުރައްވާފައެއް ނުވެއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވެސް ވަގުތީ ގޮތުން މުލީއާގޭގައި ދިރިއުޅުއްވިއެވެ. އެއީ ތީމުގެ އިމާރާާތްކޮށް ނިމެންދެންނެވެ.