ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ދިވެހި ޤައުމާއި މުޚާތަބު ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

Ads by Asuru

ރައީސްގެ ތަރުޖަމާނު މިއުވާން މުޙައްމަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޚަބަރުފަތުރާ ވަސީލައްތައް މެދުވެރިކޮށް، ރައީސް ގައުމާ މުޚާތަބުކުރައްވާނީ މިއަދު ހެނދުނު 10:00 ގައި ކަމަށެވެ.

ރާއްޖޭގައި ޖުމްހޫރީ ދުވަސް ފާހަގަކުރަނީ 1968 ވަނަ އަހަރާ ހަމައަށް ދެމިއޮތް އައްސުލްޠާން މުޙަންމަދު ފަރީދުގެ ރަސްކަން ނިމުމަކަށް ގެނެސް، ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ ގާއިމް ކުރެވި، 11 ނޮވެމްބަރު 1968 ވީ ހޯމަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިބްރާހީމް ނާޞިރު އިންތިޚާބު ކުރުމާއި ގުޅުވާފައެވެ.

މިއަދު އިންތިޚާބީ ރައީީސް ޑރ.މުޙައްމަދު މުޢިއްޒު ވަނީ ރައްޔިތުންނަށް ޚާއްސަ މެސެޖެއް ދެއްވައިފައެވެ.