އިޒްރޭލުގެ ޔަހޫދީ ސިފައިން، ފަލަސްޠީނުގެ ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލު ކަމުގައިވާ ”އަލް-ޝިފާ“ ހޮސްޕިޓަލު ވަށައިލައިފިއެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން މީޑިއާތަކަށް ބުނީ ޔަހޫދީން އަލް ޝިފާ ހޮސްޕިޓަލު ހިފާފައިވާ ކަމަށާއި، އެތަން ހިފީ ފަލަސްޠީނުގެ މުޖާހިދުންނާއި ދެކޮޅަށް ކުރިއަށް ދިޔަ ވަރުގަދަ ކުރިމަތިލުންތަކަށް ފަހުގައި ކަމަށެވެ.

ޔަހޫދީންގެ ޓޭންކުތައް ޣައްޒާގެ އެތަން މިތަނަށް ވަންނަމުންދާއިރު، އެކި ދިމަ ދިމާލުން ހަމަލާ ބަދަލު ކުރުންތަކުގެ އަޑު އިވެމުންދާ ކަމަށް މަންޒަރު ދުށް މީހުންނާއި ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓު ކުރެއެވެ.

ޔަހޫދީންގެ ހަމަލާތަކުގެ ސަބަބުން ކަރަންޓު ކެނޑި، އަލް ޝިފާ ހޮސްޕިޓަލު ގާތްގަނޑަކަށް ހުއްޓުމަށް އައިސްފައިވާއިރު، އެތަނުގައި 20،000 މީހުން އެބަ ތިބި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.