ފުވައްމުލަކު ސިޓީގެ އެއާޕޯޓުގައި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި ހާދިސާއާއި ގުޅޭގޮތުން މީޑިއާތަކަށް މަޢުލޫމާތު ދެމުން ފުލުހުން ބުނީ، ހާދިސާ ހިނގި ގޮތް ބަލަމުންދާ ކަމަށެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 24 އަހަރުގެ ދިވެހި ޒުވާނަކަށް ކަމަށާއި، އަނިޔާވި މީހާއަށް ފުވައްމުލަކު ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަަމަށް ވެސް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓް ހިނގީ މިއަދު ހަވީރު 5:30 ހާއިރު ކަމަށްވާއިރު ރެސްކިއު ފްލައިޓެއްގައި މޯލްޑިވިއަންގެ އިންޖިނިއަރުންގެ ޓީމެއް ފުވައްމުލަކަށް މިހާރު އަންނަނީ ދަތުރުކުރަމުންނެވެ.