ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަޤާމުން، އީވާ ވަކި ކުރަން ހުށަހަޅަން އެމްޑީޕީން ފާސްކޮށްފިއެވެ.
އީވާގެ އިތުބާރު ނެތްކަމުގެ މައްސަލައަށް އެ ޕާޓީން ސޮއި ހޯދަން ފެށީ އިއްޔެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މައްސަލަ ހުށަހެޅުމަށް ބޭނުންވާ އަދަދަށް މިހާރު ވަނީ ސޮއި ހަމަކުރެވިފައެވެ.
އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ދެވަނަ ފަހަރަށް ހުށަހެޅުމަށް އެމްޑީޕީން ނިންމާ އެ މަސައްކަތް ކުރަމުންގެންދާއިރު، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާ އެ މައްސަލަ ކުރިއަށް ގެންދެވޭތޯ އެމްޑީޕީގެ މެންބަރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އެހެންނަމަވެސް އެ މައްސަލައިގެ ޖަލްސާ އަދި ކުރިއަށް ގެންދެވިފައެއް ނުވެއެވެ.
