މިއަދު ދިވެހީންނަށް ހަރާމުގެ މަގަށް އެނބުރެެވުމުގެ ފުުރުސަތާއި، ސަލާމަތުގެ އައްސޭރިއަކަށް ދިޔުމުގެ ފުރުސަތުވެސް އެބައޮތް ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)ގެ ރައީސް މުހަައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީއަށް 17 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ނަޝީދުގެ ވާހަކަފުޅުގައި، އެމްޑީޕީން ދިވެހިން އެދޭ ބަދަލުތައް ގެނެސްދީފައިވާ ކަމަށާއި، އެ ޕާޓީއަށް 17 އަހަރު ވީއިރު، މިހާރު އަނެއްކާވެސް އާދެވިފައި ވަނީ ހަތަރު އަނގޮޅި ކަންމައްޗަކަށް ކަމަށް ވިދާޅުވިއެވެ.

ބެލެވޭ ގޮތުގައި ނަޝީދު އެ އިޝާރާތް ކުރެއްވީ ހިންދޫ ދީނުގެ އަޅުކަމެއް ކަމުގައިވާ ޔޯގާ ހެދުމަކީ އިސްލާމް ދީން ނަހީ ކުރާ ކަމެއްްކަން ދީނީ އިލްމުވެރިން ހާމަކުރެއްވި ކުރެއްވުމަށެވެ.

”މިއަދު އަޅުގަނޑުމެންނަށް އެބައޮތް ހަރާމުގެ މަގަށް އެނބުރެވެން. އަދި އަޅުގަނޑުމެންނަށް އެބައޮތް ސަލާމަތުގެ އައްސޭރިއަށް ދެވެން.“

ނަޝީދު ވިދާޅުވީ ޒަމާނުއްސުރެ ދިވެހިން ގަބޫލު ކުރަމުން އައި ގޮތާއި އުޅެމުން އައި ގޮތާއި، ދީނީ އަގީދާ އަކީ، އެއްވެސް ހާލެއްގައި، އެއްވެސް ބައެއްގެ ސިޔާސީ ބޭނުމަށް ބަދަލު ކުރެވިގެންވާނެ އަގީދާއެއް ނޫން ކަމަށެވެ.

ދިވެހީން އުޅެމުން އައީ މިނިވަންކޮށް ކަމަށާއި، ޔޯގާ ހެދުން އެއީ ހަރާމް ކަމެއް ކަމަށް ބުނާނަމަ، އެ ދެވެބީ ސަލާމަތުގެ އައްސޭރިއަކަށް ނޫން ކަމަށް ވިދާޅުވިއެވެ.