އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި ކުށް ސާބިތުވެފައިވާ ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި، އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒިޔަތަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު މަޢާފު ދެއްވަވައި، މިނިވަން ކުރެއްވުން ކުށްވެރިކޮށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބަޔާނެއް ނެރެފިއެވެ.
އެ ބަޔާނުގައި ބުނެފައިވަނީ އަދީބާއި ޒިޔަތަށް މަޢާފު ދިނުމަކީ ޤާނޫނުން ރައީސް ޞާލިޙަށް ލިބިދޭ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ކަމަށެވެ.
މި ނިންމުމުގެ ސަބަބުން އެނގިގެންދަނީ ކުށް ކުރުމަށްފަހު ވެސް ސިޔާސީ ފަރާތްތަކަށް ބާރާއި ނުފޫޒު ބޭނުންކޮށްގެން އުޅެވޭނެކަން ކަމުގައި ވެސް ބަޔާނުގައި ވެއެވެ.
އެ ބަޔާނުގައި އެމްޑީޕީން ވެރިކަން ހޯދީ ކޮރަޕްޝަނަށް ”ޒީރޯ ޓޮލެރެންސް“ގެ ސިޔާސަތާއިއެކުގައިކަން ފާހަގަކޮށް، މިދިޔަ ފަސް އަހަރުގެ ތެރޭގައި ތަކުރާރުކޮށް ފެނިގެން ގޮސްފައިވަނީ ކޮރަޕްޝަންގެ ޢަމަލުތައް ހިންގި ފަރާތްތަކަށް ހިމާޔަތް ދިން މަންޒަރު ކަމަށްވެސް ބުނެފައިވެއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ޙުކުމެއް އިއްވައި، ދެ މިލިއަން ރުފިޔާއިން ވަނީ ޖޫރިމަނާ ކޮށްފައެވެ.
މި މައްސަލައިގައި ޒިޔަތުގެ މައްޗަށް ވަނީ 30 އަހަރަށް ވުރެއް ދިގު މުއްދަތަކަށް ޖަލަށް ލުމަށް ޙުކުމް ކޮށްފައެވެ.

އަސްތާ! 5 އަހަރު ނިދާފަ އޮވެފަތޯ ޓްރާންސްޕޭރެންސީ އަށް ހޭލެވުނީ… ވަރަށް ސަލާމް.. ވަގުތު ފާއިތުވެއްޖެ… ޓްރާންސްޕޭރެންސީ ވެސް ހަމަ އިބޫ ސާލިހްގެ ލިސްޓަށް ،،،ދާދީ އެއްކެޓަގަރީއެއްގައި … ދިވަހު ދަޢުލަތް ލޫޓުވާ ޤައްދާރުވި ބައިގަނޑު…