ދިވެހި ފުލުހުންގެ ޚިދުމަތުން ގެއްލިގެން ހޯދަމުން އަންނަ ހދ.ކުޅުދުއްފުއްޓަށް ނިސްބަތްވާ، އަބްދުﷲ އިބްރާހީމް އެންމެ ފަހުން ފެނުނީ މާލޭގެ ވިލިމާލެ ފެރީ ޓާމިނަލް ކައިރިން ކަމަށް އޭނާގެ އާއިލާއަށް މަޢުލޫމާތު ދިން މީހަކު ބުނެފިއެވެ.
އުމުރުން 39 އަހަރުގެ އަބްދުﷲ އެންމެ ފަހުން އޭނާގެ އާއިލާއަށް ފެނުނު ކަމަށް ފުލުހުން ބުނަނީ، މި މަހުގެ ދެވަނަ ދުވަހެވެ. އޭނާ ގެއްލިގެން އާއިލާ އިން ފުލުހުންނަށް އެންގީ އޭގެ އަނެއް ދުވަހުއެވެ.
މި މައްސަލައިގައި، ފުލުހުން މިއަދު ބުނީ، އާއިލާއަށް އަބްދުﷲ އެންމެ ފަހުން ފެނުނީ މަހުގެ ދެވަނަ ދުވަހު ކަމަށާއި، އޭނާ ގެއްލިގެން ރިޕޯޓު ކުރި ދުވަހު، ވިލިމާލެ ފެރީ ކައިރިން އޭނާ ފެނިފައިވާ ކަމަށް އާއިލާއަށް މީހަކު މައުލޫމާތު ދީފައިވާ ކަމަށެވެ.
އަބްދުﷲ އިބްރާހީމްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ކުޅުދުއްފުށި ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9791382 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެން: ފުލުހުން
https://twitter.com/PoliceMv/status/1724284252743979054?t=RkJLRIgZUHtr6MSbh2lr3g&s=19
މިކަމާ ގުޅޭ އިތުރު މަޢުލޫމާތެއް ފުލުހުން ދީފައެއް ނުވެއެވެ. ވީނުވީއެއް ނޭނގި މީހުން ގެއްލުމުގެ މިފަދަ މައްސަލަތައް ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ.
