މާލޭގެ މާފަންނު ގެއެއްގެ ބެލްކަނިން ބައެއް ވެއްޓި މަގުމަތީ ހުރި މީހަކަށް އަނިޔާވެއްޖެއެވެ.

މިކަން ހާމަކޮށް ފުލުހުން ބުނީ މާފަންނު ގެއެއްގެ ބެލްކަނީ އިން ބައެއް ވެއްޓި މަގުމަތީ ހުރި މީހަކަށާއި އެ ސަރަހައްދުގައި ހުރި ސައިކަލްތަކަށް ގެއްލުންވެފައިވާ ކަމަށެވެ.

އެގޮތުން މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރު 13:18 ހާއިރު ކަމަށް ފުލުހުން ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން މި ހާދިސާގައި އަނިޔާވި ދިވެހި ފިރިހެނަކަށް މިވަގުތު އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ހާމަކޮށްފައި ވެއެވެ.

ފުލުހުން ވިދާޅުވީ މި ހާދިސާގެ މަޢުލޫމާތު ކަމާގުޅެ އިދާރާތަކާއި ހިއްސާކޮށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.